ޚަބަރު

ފަރަށް އެރި ކޮޅުވެއްޓި ފުންކޮށްފި


2000 ބަސްތާ ކާޑު ހިފައިގެން މާލެއިން އޭދަފުށްޓަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ކޮޅުވެއްޓި ފުންކޮށްފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ ކާޑު ހިފައިގެން ދަތުރުކުރަމުންދަނިކޮށް ފަރަށް އަރާފައިވަނީ "ކަނޑުހާ" ނަކަމަށް ކިޔާ އެސް.ޓީ.އޯގެ ކޮޅުވެއްޓިއެއްކަމަށެވެ. މިކޮޅުވެއްޓީގައި 6 މީހުން ތިބިކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއްވައެވެ.

މި ކޮޅުވެއްޓި އަރާފައިވަނީ މާލެއަތޮޅު ހުވަފެންފުށި ދެކުނުފަރާތު ފަރަށެވެ. މި ޙާދިސާގައި ކޮޅުވެއްޓީގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.