ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް


ސްރީލަންކާގައި ފެން ބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، ސްރީލަންކާގެ އެތައް ހާސް ބައެއްގެ މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށާއި، އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ. img:http://s1.psmnews.mv/images/660x400/14959757714119.jpg|ސްރީލަންކާގައި ފެންބޮޑުވުން - ފޮޓޯ: ޝިންހުއާ

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސަށް ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މި ޙާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.