ޚަބަރު

އައްޑޫ ޢާއިލާތަކަށް މީރާގެ މުވައްޒަފުންގެ އެހީ!


އައްޑޫ ސިޓީގެ ހިތަދޫއަށް ދާދިފަހުން އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ޚާއްޞަ އެހީއެއްގެ ގޮތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 60 ހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

މީރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީއަށް ނިސްބަތްވާ މުވައްޒަފުން އިސްނަގައިގެން މި ކަމަށް ހުޅުވި ޚާއްސަ ފަންޑަށް  އެ އޮތޯރިޓީގެ މުވައްޒަފުން ހަދިޔާކުރި މި ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ މި ހާދިސާގައި އެންމެބޮޑަށް ގެއްލުން ލިބުނުކަމަށް ހިތަދޫ އަވަށު އޮފީހުން ރިޕޯޓް ކޮށްފައިވާ 12 ގޭގެ ޢާއިލާތަކާ މީރާގެ މުވައްޒަފުންގެ ފަރާތުން ބައްދަލު ކުރުމަށްފަހު ކޮންމެ ގެއަކަށްވެސް 5 ހާސް ރުފިޔާގެ މަގުންކަމަށް މީރާއިން ހާމަކުރައްވައެވެ.