ޚަބަރު

ހުޅުމާލެ ނެރުމަތީގައި އޮތް ބޯޓެއް ނެގުމުގެ މަސައްކަތް ފަށައިފި


ހުޅުމާލެ ހުޅަނގު ފަރާތު ނެރު މައްޗަށް ލައްވެފައި އޮތް ދަނގަޑު ބޯޓެއް ނެގުމުގެ މަސައްކަތް އެމްއެނޑީއެފުން ފަށްޓަވައިފިއެވެ. 

ބޯޓު ލައްވެފައި އޮތީ ފެރީ ވަންނަން ބޭނުންކުރާ ނެރު ކައިރިއަށް ކަމުން ބޯޓު އެތަނުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ގެންދަނީ ކުރައްވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ޖަހާޒް ކޯޒަމް" ނަމަކަށް ކިޔާ އެބޯޓަކީ، ފޭދޫ ފިނޮޅު ކައިރީގައި އަޅާފައި އޮތް ބޯޓެއްކަމަށާއި، ބޯޓު ހުޅުމާލެ ހުޅަނގު ފަރާތު ނެރުމައްޗަށް ލައްވީ، ބޯޓުގެ ނަގިލި ކަނޑައިގެން ދިޔުމުން ކަމަށެވެ. މި ބޯޓަކީ ބޭނުންނުކޮށް ދޫކޮށްލާފައި އޮންނަ ބޯޓެއް ކަމަށާއި، ބޯޓުގައި އެއްވެސް މީހަކު ނޫޅޭ ކަމަށް އެމްއެންޑީފުން ވިދާޅުވިއެވެ.