ޚަބަރު

އުއްތަމަ ފަނޑިޔާރު، ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވައިފި


ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި، ޝަރުޢީ ދާއިރާގެ އެންމެ އިސްވެރިޔާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، ރަމަޟާން މަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އެމަނިކުފާނު، ރާއްޖޭގައި ފާހަގަކުރާ އެކި ދުވަސްތަކުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަމުން ގެންދަވައެެވެ.