ޚަބަރު

ޖަމްޢިއްޔަތުއްސަލަފްގެ އުފެއްދުންތައް ޕީއެސްއެމްގެ ޗެނަލްތަކުން


ޕީއެސްއެމް އާއި ޖަމްޢިއްޔަތުއްސަލަފާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޖަމްޢިއްޔަތުއްސަލަފުން އުފައްދާ ކޮންޓެންޓް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭނެ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14958019879939.jpg|ޖަމްޢިއްޔަތުއްސަލަފްގެ އުފެއްދުންތައް ޕީއެސްއެމްގެ ޗެނަލްތަކުން ދެއްކުމަށް އެއްބަސްވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި މި ރަސްމިއްޔާތެއްގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެޖަމްޢިއްޔާގެ ނާއިބު ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފަކީ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މި އެއްބަސްވުމާއެކު ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.