ރިޕޯޓް

އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ


ދަޢުލަތުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ސަރުކާރުން އިސްކަންދެއްވަނީ އަތޮޅުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމް ކޮށްދިނުމުގެ މަޝްރޫޢުތަކަށެވެ. އާބާދީގެ 75 އިންސައްތައަށް ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.

އާބާދީގެ ބޮޑު ބަޔަކަށް ރައްކާތެރި ބޯފެނާއި ޒަމާނީ ނަރުދަމާގެ ޚިދުމަތް ދިނުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ އަގު، 1 ބިލިއަން ރުފިޔާއަށް އަރައެވެ. މި އަސާސީ ޚިދުމަތްތައް 2018 ވަނަ އަހަރުގެ ނިޔަލަށް އާބާދީގެ 75 އިންސައްތައަށް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުގެ ބަޖެޓުންނާއި، ބޭރުގެ ދީލަތި އެހީއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި، ނަރުދަމާގެ 70 އަށްވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށްގެންދެއެވެ. img:http://s1.psmnews.mv/images/660x400/14851519143945.jpg|ދިއްގަރު ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް އެންވާރަމެންޓް މިނިސްޓަރ ފަށްޓަވައިދެއްވަނީ- ފޮޓޯ: ޕީއެސްއެމް

2013 ވަނަ އަހަރު ފެށިއިރު، ރާއްޖޭގެ ފެނުގެ ނިޒާމް އޮތީ އެންމެ 4 ރަށުގައެވެ. އަދި ނަރުދަމާ ނިޒާމް އޮތީ، 10 ރަށުގައެވެ. ނަމަވެސް 2014، 2015، 2016، މި 3 އަހަރުގެ ތެރޭގައި އެކަނިވެސް، ފެނުގެ ނިޒާމް 10 ރަށެއްގައި ވަނީ ޤާއިމުކޮށް ނިންމާފައެވެ. އަދި ނަރުދަމާގެ ނިޒާމް 12 ރަށެއްގައި ނިމިފައިވެއެވެ. މިހާރުވެސް އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. img:http://s1.psmnews.mv/images/660x400/14877437108102.jpg|ގައްދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ފެނާއި، ނަރުދަމާގެ ޚިދުމަތް ދިނުމުގައި އާބާދީގެ ކުޑަ ބޮޑުމިނަށް ބެލުމެއްނެތި، ސަރުކާރުން އަމާޒު ހިފާފައިވަނީ އާބާދީގެ ބޮޑު ބަޔަކަށް ފެނާއި ނަރުދަމާ ޔަޤީންކޮށްދީ، ދުޅަހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ބައެއް ރަށްތަކުގައި ޢަމަލީ މަސައްކަތް ނިމި، ގިނަ ރަށްތަކުގައި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދެއެވެ. މީގެއިތުރުން، ވެރިކަން ކުރާ ރަށް، މާލޭގައި މީގެ އެތައް އަހަރެއް ކުރިން ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް، މިހާރު ދަނީ ކުރިއަށެވެ.