ޚަބަރު

ސްރީ ލަންކާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ


ސްރީލަންކާގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ޕީއެސްއެމްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ޢުމުރުން 19 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ސްރީލަންކާގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރެއްކަމަށް މަޢުލޫމާތުލިބެއެވެ. 

މިޙާދިސާ ހިނގީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިވެހި ގިނަޢަދަދަކަށް ދިރިއުޅޭ ކަޅުބޯވިލާ ސަރަހައްދުގެ ގެއެއްގައެވެ.