ޚަބަރު

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ


އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. 

ޕީއެސްއެމަށް ކަށަވަރުވެފައިވާ ގޮތުގައި މިއެކްސިޑެންޓުގައި ނިޔާވީ ރ.މަޑުއްވަރީ އުމުރުން 24 އަހަރުގެ އާއިޝަތު ރާއިހާއެވެ.

 މައްލޫމާތު ލިބިފައިވާ ގޮތުގައި ،ހަތަރު އަންހެނަކު ދަތުރުކުރަމުން ދިޔަ ކާރެއް އެކްސިޑެންޓުވެ އެކަކުމަރުވެފައިވާއިރު، އޭގައި ތިބި އަނެއް ތިން މީހުންނަށްވެސް އެކި ވަރުގެ އަނިޔާވެފައިވެއެވެ. 

އާއިޝަތު ރާއިހާއަކީ ބޭސް ފަރުވާއަކަށް އިންޑިއާއަށް ގޮސްއުޅުނު ދިވެއްސެކެވެ.