ދުނިޔެ

ސްރީލަންކާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި


ސްރީލަންކާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ސްރީލަންކާގެ ކެބިނެޓަށް ކުއްލި ގޮތަކަށް މިއަދު ގެންނެވި ބަދަލުތަކުގައި ނުވަ ވުޒާރާއަކަށް އަލަށް ކަނޑައެޅުއްވި ބޭފުޅުން ވަނީ ވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ. tw:https://twitter.com/MaithripalaS/status/866526701915734016

ކެބިނެޓަށް ބަދަލު ގެންނެވުމަށްފަހު ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މި ގެންނެވި ބަދަލުގެ ސަބަބުން ސްރީލަންކާއަށް ތަރައްޤީ ގެންނެވުމުގައި އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ.

ސްރީލަންކާގެ ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި އެޤައުމުގެ ފިނޭންސް އެންޑް މާސްމީޑިއާ މިނިސްޓަރ ކަމަށް މަންގަލަ ސަމަރަވީރާ ހަމަޖެއްސެވުމާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ މަޤާމަށް ރަވީ ކަރުނަޔަކޭ ހަމަޖެއްސެވުން ފާހަގަކޮށްލެވެއެވެ.