ޚަބަރު

ދިޔަވި ލޯންޗުން ދަތުރުކުރި މީހުން އެއަރޕޯޓަށް ގެންނަނީ


ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ، އެ ލޯންޗުގައި ތިބި މީހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އެބަދެއެވެ.

އެ ލޯންޗުގައި ދަތުރުކުރަމުންދިޔަ 33 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ކ. ތުޅާގިރި ކައިރިން ކަމަށެވެ. މި ލޯންޗުގައި 27 ފަތުރުވެރިން ދަތުރުކުރަމުންދިޔަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.