ޚަބަރު

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއް ދިޔަވަމުންދާތީ އެހީވަނީ


ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިއޮތް "ފާތިމާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުންދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މިއަދު 18:00 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ސިފައިން އެސަރަޙައްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި، ދިޔަވަމުންދާ ސަފާރީގައި ޕަންޕު ބަހައްޓައިގެން ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.