ޚަބަރު

ޖަމާލުއްދީން ސުކޫލްގެ ޕީ.ޓީ.އޭއިން އިސްނަގައިގެން ބްލަޑް ކޭމްޕެއް


ޖަމާލުއްދީން ސުކޫލްގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން (ޕީ.ޓީ.އޭ) އިން އިސްނަގައިގެން ބްލަޑް ކޭމްޕެއް ބާއްވައިފިއެވެ.

ތެލަސީމިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ މިކޭމްޕާ ބެހޭގޮތުން ޖާމާލުއްދީން ސްކޫލްގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަންގެ ފަރާތުން ޙުސައިން އަދުވީ ވިދާޅުވި ގޮތުގައި އެ ސްކޫލުން އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގުމުގެ ބޭނުމަކީ ރޯދަމަހަކީ، ތެލެސީމިއާ ކުދިންނަށް ބެނުންވާ ލޭ ލިބުމުގައި ދަތިތަކެއް ދިމާވާ މަހެއް ކަމުން، އެކަމަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މި ކޭމްޕްގެ ތެރެއިން އެ ކުދިންނަށް ބޭނުންވާ ލޭ ބެލެނިވެރިން ދެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖާމާލުއްދީން ޕީޓީއޭއިން ކުރިއަށްގެންދިޔަ ބްލަޑް ޑޮނޭޝަން ކޭމްޕްގައި ލޭހަދިޔާކުރުމުގެ ފުރުޞަތު ޢާއްމުނަށްވެސް ހުޅުވާލާފައިވެއެވެ. ޖަމާލުއްދީން ސްކޫލްގެ ޢަމާޒަކީ، ކޮންމެ އަހަރު އެއްފަހަރު މިފަދަ ކޭމްޕެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.