ކުޅިވަރު

ބެޑްމިންޓަން ވަރލްޑް ފެޑެރޭޝަންގެ ކައުންސިލަށް މޫސަ


ބެޑްމިންޓަން ވަރލްޑް ފެޑެރޭޝަންގެ ކައުންސިލަށް ރާއްޖޭގެ ބެޑްމިންޓަންގެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިޚާބު ކޮށްފިއެވެ.

މޫސާ ކައުންސިލަށް އިންތިޚާބުވީ މިހާރު އޮސްޓްރޭލިޔާގެގައި ކުރިއަށްދާ އެފެޑެރޭޝަންގެ އަހަރީ ޢާއްމު ޖަލްސާގައެވެ. މިއަދު މޫސާ ގޮނޑި ކާމިޔާބުކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް ހަތަރު އަހަރު ( 2017-2021 ) އަށް ކައުންސިލްގައި މޫސާ މަސައްކަތްކުރައްވާނެއެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަކީ މިހާރުވެސް ބެޑްމިންޓަން އޭޝިޔާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއަރމަނެވެ.

ޤައުމީ ޗެމްޕިއަނުގެ ގޮތުގައި ހުރެ ކުޅުން ހުއްޓާލިފަހުން އޭނާ އަންނަނީ އެސޯސިއޭޝަންގައި މަސައްކަތް ކުރައްވަމުންނެވެ. މިދިޔަ ދައުރާއި މިދައުރުގެވެސް އެސޯސިއޭޝަންގެ ރައީސްއަކީ މޫސާ ނާޝިދެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަޤާމްގައެވެ.