ވިޔަފާރި

ދޮވެމި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދޮވެމި ޝޮޕުން ކުރިއަށްގެންދިޔަ "ޝޮޕް އެން ވިން" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

ދޮވެމި ޝޮޕުން ކުރިއަށްގެންދިޔަ "ޝޮޕް އެން ވިން" ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ، ނަދޫ ނިޒާރެވެ. ނަސީބުވެރި ފަރާތް ހޮވާފައިވަނީ، މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތައް ދީފަވާ އިނާމަކީ، އެލިއާ އިންވެސްޓްމަންޓުގެ ފަރާތުން ހުށަހަޅާ ޔަމަހާ ސައިކަލެކެވެ. img:http://s4.psmnews.mv/images/660x400/14949295581592.jpg|"ދޮވެމި ޝޮޕް އެންޑް ވިން" ގެ ނަސީބުވެރިޔާ ހޮވުން - ފޮޓޯ: ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މިއަހަރުގެ ފެބުރުއަރީ 1 ގައި ފެށި މި ޕްރޮމޯޝަން ކޮންމެ 3 މަހުން އެއްފަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، 1،000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

ދޮވެމި ޝޮޕް ހުޅުވާފައިވަނީ، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ބްރޭންޑެޑް ތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.