ޚަބަރު

ޔާމީންގެ މަރާ ގުޅިގެން ހައްޔަރުކުރި މީހެއްގެ މުއްދަތު ޖަހައިފި


ބްލޮގަރ ޔާމީން ރަޝީދު ރަޙްމުކުޑަގޮތަކަށް މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ފުރަތަމަ މީހާގެ ބަންދަށް 13 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 7 މީހުން ފުލުހުން ހައްޔަރު ކޮށްފައިވާއިރު، ހައްޔަރުކުރި އެއްވެސް މީހެއްގެ މަޢުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޔާމީން ރަޝީދު މެރުމުގެ ޢަމަލީ ގޮތުން ބައިވެރިވާ 2 މީހުން ފެންނަ ވީޑިއޯއެއް ފުލުހުންވަނީ ޢާންމުކޮށްފައެވެ. އަދި މި ވީޑިއޯއިން ފެންނަ ދެމީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.