ތަރައްްޤީ

އިދިކޮޅު ފަރާތްތަކަށް ރައީސްޔާމީން ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ


އިދިކޮޅު ކޯލިޝަނުގެ ސިޔާސީ ވެރިން ތިއްބެވީ އެއްބޭފުޅަކު އަނެއްބޭފުޅަކާވެސް އިދިކޮޅަށްކަމަށް ވިދާޅުވެ ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. 

އިދިކޮޅު ލީޑަރުންނަކީ ޤައުމު ދެކެ ލޯބިވާ ބައެއްނަމަ ރާއްޖެއިން ބޭރުގައި ނުތިއްބަވައި އެނބުރި ޤައުމަށް ވަޑައިގަތުމަށް ރައީސް ޔާމީންވަނީ އިލްތިމާސްކުރައްވާފައެވެ. 

ސަރުކާރު ކޯލިޝަންގެ ފަރާތުން ބޭއްވި ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައޔޫމްގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ސިޔާސީ ފަރާތަކަށް އަމާޒުކުރައްވާފައިވެއެވެ. ރައީސް ޔާމީން ވަނީ، އެންމެ ފުރަތަމަ ޤައުމޭ ވިދާޅުވާ ބޭފުޅުން، މިއަދު އެންމެ ފުރަތަމަ ގައުމޭ ވިދާޅުވޭތޯ ސުވާލުއުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކީވެސް ކުށެއް ކޮށްފިނަމަ ނުވަތަ ނުވަތަ ކުށަކަށް ތުހުމަތު ކުރެވެމުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ މީހެއްކަމަށެވެ.

ޢަދުލުއިންސާފުގެ ތެރެއަށް މި ސަރުކާރުން އަތް ނުބާނާނެކަމަށާއި، އެންމެންގެ މައްޗަށް ޤާނޫނުގެ ހުކޫމަތު ހިނގާނެކަން އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ޤަބޫލުކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ދުރުގައި ތިބެގެން ކަންކަމަށް ފާޑު ކިޔައިގެން ނުފުދޭނެކަމަށާއި، އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ، އޭގެތެރެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކާވެސް ދެކޮޅަށް ތިއްބެވި ބައެއްކަމަށް ރައީސް ވިދާޅުވިއެވެ. 

މިސަރުކާރުގައި ޤާނޫނީ އަތް ނުފޯރާނެ މީހަކު ނުހުންނާނެކަމަށާއި، އެކަން ޤަބޫލްކުރައްވައިގެން ޤައުމުގެ ވެރިކަމަށް ދަހިވެތިވާނަމަ އެނބުރި ޤައުމަށް ވަޑައިގަންނަވީކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިއަދު މުޒާހަރާއަށް ގޮވާލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އެކަމަށް ހިތްވަރު ދިނުމަށް ނުކުންނާނެ ބަޔަކު ވެސް ނެތްކަމަށެވެ.