މުނިފޫހިފިލުވުން

އައިޑަލްގެ ވަނަތަކަށް ހޮވުނު ފަންނާނުންނަށް ރައީސްގެ ތަހުނިޔާ


މޯލްޑިވިއަން އައިޑަލް ސީޒަން 2 ކާމިޔާބު ކުރި މުޙައްމަދު ތަސްނީމްއަށާއި، 2 ވަނަ ޙާޞިލްކުރި ޙަމޫދު އަޙްމަދާއި 3 ވަނަ ޙާޞިލްކުރި ޝަމްވީލް މުޙައްމަދަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހްނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖްގައި، ޒުވާނުންގެ ހުނަރުވެރިކަން އަބަދުވެސް ސަރުކާރުން ބަލައިގަނެ، ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.