ޚަބަރު

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕީއެމުން މަޝްވަރާކޮށްފި


އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކައުންސިލްގައި މިއަދު މަޝްވަރާކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. ޕީޕީއެމްގެ ނައިބު ލީޑަރ އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ޓީމެއް ނަގާފައިވާ ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީއަށް ދިމާވި ކަންކަން ދިރާސާ ކުރުމަށްވެސް ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.