ކުޅިވަރު

އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބް ރައީސާއަކަށް ޝާޒްލީން


އޭޝިއަން ނެޓްބޯލް ފެޑެރޭޝަން(އޭއެންއެފް)ގެ ނައިބު ރައީސާއަކަށް ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީން އިންތިޚާބުކޮށްފިއެވެ.

މިއަދު ދެކުނު ކޮރެޔާގައި އޮތް އޭޝިޔަން ނެޓްބޯޅަ ފެޑެރޭޝަންގެ ކޮންގްރެސްގައިވަނީ ކުރިއަށް އޮތް ދައުރަށް އެކި މަގާމްތަކަށް މީހުން އިންތިޚާބުކޮށްފައެވެ.

އޭއެންއެފަށް އިންތިޚާބުކުރާ 2 ނައިބް ރައީސުންގެ މަޤާމަށް ޝާޒްލީންއާއިއެކު ވާދަކުރީ ޕާކިސްތާނާއި އޮސްޓްރޭލިޔާއިންނެވެ. މިއަދުގެ ކޮންގްރެސްގައި 12 ގައުމަކުން ވޯޓް ލީއިރު، ޝާޒްއަށްވަނީ 9 ގައުމަކުން ތާއީދުކޮށްފައެވެ.

އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަން ކޮންގްރެސްގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރަށް މިދިޔަ އަހަރުގެ މާލީ ހިސާބުތައްވެސް މެމްބަރު ގައުމުތަކާއިވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެސޯސިއޭޝަންތަކުން މިއަހަރު އޭއެންއެފްގެ އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސްވަނީ ފާހަގަކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14944838908929.JPG|

މިއަހަރުވެސް އަމްޕަޔަރުންނާއި ކޯޗުން ތަމްރީންކުރަން ރާއްޖޭގައި ކޯސްތަކެއް ބާއްވައި ދިނުމަށް މި ކޮންގްރެސްގައި ދިވެހިރާއްޖެއިން ވަނީ އޭއެންއެފްގައި އެދިފައެވެ.

އޭއެންއެފްގެ ކޮންގްރެސްގައި ދިވެހިރާއްޖެ ތަމްސީލްކުރީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީން، ނައިބްރައީސް އައިމިނަތު ނިމާ އަދި އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ޝާހީއެވެ.