ޚަބަރު

ކައުންސިލް އިންތިޚާބަށް 431939 ވޯޓު ކާރުދާސް ޗާޕުކޮށްފި


ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ހަތަރުސަތޭކަ ތިރީސް އެއްހާސް ނުވަ ސަތޭކަ ތިރީސް ނުވަ (431939) ވޯޓްކަރުދާސް ޗާޕްކުރައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބު ބޭއްވުމަށް ޗާޕްކުރި ވޯޓު ކަރުދާސްތަކުގެ ތަފްސީލު މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ހާމަކުރަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކިވަކި ރަށްރަށާއި ދާއިރާތަކަށް ޚާއްސަކޮށް ޗާޕްކޮށްފައިވާ ވޯޓްކަރުދާސްތަކުގެ ޢަދަދުތައްވެސް ހާމަކޮށްފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބަށް ޖުމްލަ ހަތަރު ލައްކަ ތިރީސް އެއްހާސް ނުވަ ސަތޭކަ ތިރީސް ނުވަ ކަރުދާސް ޗާޕްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިފަހަރު ވޯޓްކަރުދާސް ޗާޕް ކޮށްފައިވަނީ އެމް ސެވަން ޕްރިންޓާސް އެންޑް ޕަބްލިޝާސްއާ ޙަވާލުކޮށްގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ އިންތިޚާބަށް އެންމެފަހުގެ ތައްޔާރީތައްވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްގެންދަވަނީ އިންތިޚާބަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވުމުގެ މަސައްކަތެވެ.