ޚަބަރު

ރޯދަމަހުގެ ރަސްމީ ގަޑި: ހެނދުނު 10:00 އިން މެންދުރު 2:00 އަށް


ކުރިއަށް އޮތް ރަމަޟާންމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފިއެވެ.

މިދިޔަ ރަމަޟާންމަހުގެ އިތުރުން ފަހަކަށް އައިސް ރަމަޟާންމަހުގެ ރަސްމީ ގަޑީގެގޮތުގައި އެހެން އަހަރުތަކުގައިވެސް ސަރުކާރުން ހަމަޖައްސަވާފައިވާފައިވަނީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަން ފާހަގަކުރެވެއެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުން ރަމަޟާންމަހު މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު 4 ގަޑިއިރުއެވެ.

މިއަހަރުގެ ހިޖުރީ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރަމަޟާންމަސް ފެށޭނީ މިހިނގާ މެއި މަހުގެ 27ގަ އެވެ.