ޚަބަރު

27 މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފި





 


ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މަޤާމު ހުސްވެފައިވާ 26 ކޯޓަކަށް 27 މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފިއެވެ.


 
ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާނު ކޮށްފައިވަނީ 8 މެޖިސްޓްރޭޓުންގެ މަޤާމާއި 19 އިސް މެޖިސްޓރޭޓުންގެ މަޤާމަށް މީހުން ހޯދުމަށެވެ. މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައުލޫމާތުދެއެވެ