ޚަބަރު

ޕީޕީއެމްގެ ހަރަކާތެއްގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެއްޖެ


މާލޭ ސިޓީގައި ހިންގި ޕީޕީއެމްގެ ޙަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަރަކާތް ހިންގީ މިއަދު ހަވީރު މާލޭގައެވެ. މިޙަރަކާތުގައި ޕީޕިއެމްގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވިއެވެ. މި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢިދު ވަނީ މާލޭ ސިޓީގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ. 

މިޙަރަކާތުގައި ޕީ.ޕީ.އެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަޢަދަދެއްގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.