ޚަބަރު

ޖޭ.ސީ.އައިއިން ޕީސް ރަންގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


ބައިނަލް އަޤްވާމީ ސުލްހައިގެ ދުވަހާ ގުޅިގެން ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް މޯލްޑިވްސް "ޖޭސީއައި މޯލްޑިވްސް" އިން ބާއްވާ "ޕީސް ރަން" އާއި ޕީސް ކެމްޕެއިން ޕްރޮމޯޓްކުރުމަށް އެކަމުގައި ބައިވެރިވާ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޖޭސީއައި މޯލްޑިވްސް އިން މިއަދު އެއްބަސްވެފައިވަނީ 14 ފަރާތަކާއެކުއެވެ.

ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް މޯލްޑިވްސް، ޖޭ.ސީ.އައި މޯލްޑްވްސްއިން އަންނަނީ ކޮންމެ އަހަރަކުވެސް އިންޓަރނޭޝަނަލް ޑޭ އޮފް ޕީސް ނުވަތަ ބައިނަލްއަޤްވާމީ ސުލްހައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރާކާތްތަކެއް ކުރިއަށްގެންދަވަމުންނެވެ. އެގޮތުން މިދިޔަ އަހަރު މި ދުވަސް ފާހަގަކުރުމަށް ޕީސް ރަންގެ ނަމުގައި ހަރަކާތެއް ބާއްވާފައިވެއެވެ. ޖޭސީއައި މޯލްޑިވްސްގެ، ނެޝަނަލް ޕްރެޒިޑެންޓް މަރިޔަމް ޝިޒްލީން ވިދާޅުވީ މިއަދު ސޮއިކުރި ޕާޓްރނަރުންނާއި ގުޅިގެން ޕީސް ކެމްޕެއިންއާއި ޕީސް ރަން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14930507023946.jpg|ޖޭސީއައި އިން ޕީސް ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޝިޒްލީން ވިދާޅުވީ ޖޭސީއައި މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ބައިނަލް އަޤުވާމީ ސުލްޙައިގެ ދުވަހާ ގުޅިގެން ބާއްވާ ޙަރަކާތްތައް ޕްރޮމޯޓް ކުރުމަށް ޕާޓްނަރުން ހޯދައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާކަމަށެވެ. އަދި މި ކެމްޕެއިންގެ މެސެޖް ޕްރޮމޯޓްކުރުމުގެ ގޮތުން އިތުރު ފަރާތްތަކާ ގުޅެމުންދާނެކަމަށްވެސް ޝިޒްލީން ވިދާޅުވިއެވެ.

ޕީސް ރަން އޮންނާނީ ބައިނަލް އަޤުވާމީ ސުލްޙައިގެ ދުވަހުއެވެ. މިރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަފައިވާ ކަމަށާއި، ބޭނުންވާ އަމިއްލަ ފަރާތްތަކަށްވެސް މި ރަންގައި ބައިވެރިވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ ޕީސް ރަންގައިވެސް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ޕީސް ރަންގެ ޝީއާރަކީ ޕީސް އިސް ޕޮސިބަލްއެވެ.