ޚަބަރު

"ޢިމާރާތްކުރުމުގެ ބިލު" ތަސްދީޤުކުރައްވައިފި


މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ޢިމާރާތްކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. 

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

ޢިމާރާތްކުރުމުގެ ބިލުގެ ބޭނުމަކީ، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ، އަދި އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް މަގުފަހިކުރުމާއި، ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައްކާތެރި، ތަރައްޤީއާއި އުފެއްދުންތެރިކަމަށް މަގުފަހިކުރާ، ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެދުމެވެ. އަދި، ޢިމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ ޤާބިލު، ފަންނުވެރި ބަޔަކަށް ހެދުމަށްވެސް މި ބިލުގެ ސަބަބުން މަގުފަހިކޮށްދެއެވެ.