ޚަބަރު

ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މާލޭ ސިޓީގައި ބާއްވައިފި


ސިފައިންގެ ދުވަހުގެ ޝަރަފްގެ ހިންގާލުން މިއަދު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ކުރިއަށްގެންގޮސްފިއެވެ. 

މި ހިނގާލުން ބަލާލުމަށް ގިނަބަޔަކު މާލޭގެ މަގުތަކަށް އެއްވެފައިވެއެވެ. ސިފައިންގެ 125 ވަނަ އަހަރީދުވަހުގެ ޝަރަފްގެ ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައެވެ.

img:http://s3.psmnews.mv/images/660x400/14927884397051.jpg| މާލޭ ސިޓީގައި މިއަދު ބޭއްވި، ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން - ޕީއެސްއެމް ފޮޓޯ: އަލީ ނަސީރު މި ހިނގާލުމުގައި ދިވެހި ސިފައިންގެ ގިނަޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ސިފައިންގެ ޝަރަފްގެ ހިގާލުމުގެ ތެރެއިން، ސިފައިންގެ ލަޝްކަތުތައްވަނީ މަގުގެ އެކި ސަރަހައްދުތަކުގެ ހުއްޓި ސިފައިންގެ ބޭންޑުން އެކި ރާގުތައް ކުޅެފައެވެ. 

img:http://s1.psmnews.mv/images/660x400/14927882081819.jpg| މާލޭ ސިޓީގައި މިއަދު ބޭއްވި، ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން - ޕީއެސްއެމް ފޮޓޯ: އަލީ ނަސީރު

ސިފައިންގެ ދުވަހުގެ ޝަރަފްގެ ހިނގާލުން ކުރިއަށްދިޔަ ވަގުތު، މި ހިނގާލުން ބަލާލުމަށް ގިނަޢަދަދެއްގެ ބަޔަކު ވަނީ މާލޭގެ މަގުތައް މައްޗަށް އެއްވެފައެވެ. މިއީ ދިވެހި ސިފައިންނާއި، ސިފައިންގެ ލަޝްރަކުތަކާމެދު ޢާންމުންގެ މެދުގައި އުފެދިފައިވާ އިޙްތިރާމާއި ލޯބި ހާމަވެގެންދާކަމެކެވެ. 

img:http://s2.psmnews.mv/images/660x400/14927882397408.jpg| މާލޭ ސިޓީގައި މިއަދު ބޭއްވި، ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން - ޕީއެސްއެމް ފޮޓޯ: އަލީ ނަސީރު

ދިވެހި ސިފައިން ކުރިއަށްގެންދާ މިފަދަ ހިނގާލުންތަކަކީ ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަމާއި، ވަރުގަދަކަން ހާމަކޮށްދޭކަމެކެވެ.