ޚަބަރު

ފިޔޯރީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި މީހަކު މަރުވެއްޖެ


ގދ.ފިޔޯރީގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި މީހަކު މަރުވެއްޖެއެވެ. 

ދާދި ދެންމެއަކު ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި މަރުވެފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ފިޔޯރީ އިންޖީނުގޭގެ މުވައްޒަފެކެވެ. ހުކުރުވަގުތު ހިނގި މިޙާދިސާގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލެވިފައެވެ.

img:http://s4.psmnews.mv/images/660x400/14927671481861.jpg| މިޙާދިސާގައި މަރުވެފައިވަނީ ގދ.ފިޔޯރީ ޗިޗަންޑާގޭ ޢުމުރުން 26 އަހަރުގެ ނާޒިދު ޢަބްދުﷲ ކަމަށާ، އޭނާގެ ހަށިގަނޑުގެ ސަތޭކަ އިންސައްތަ ފިހިފައިވާކަމަށް ފިޔޯރީ ހެލްތްސެންޓަރުން މަޢުލޫމާތުދެއްވައެވެ. އޭނާ ހެލްތްސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ. 

img:http://s2.psmnews.mv/images/660x400/14927671954280.jpg|