ތަރައްްޤީ

"ހިޔާވަހި ހައުސިންގ"ގެ ޢަމަލީ މަސައްކަތް ފަށައިފި


ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި އަޅާ "ހިޔާވަހި ހައުސިންގ"ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

"ހިޔާވަހި ހައުސިން" ކޮމްލެކްސް ގައި 402 އެޕާރޓްމެންޓް ހުރެއެވެ. 26 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، އެގްޒެކެޓިވް ލެވެލަކަށް ހިޔާވަހި ތަރައްޤީކުރާއިރު އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ހުރިހާ ވަޞީލަތެއް އެތަނުން ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާނެކަމަށެވެ.

ސައިމަން ވިދާޅުވީ ހިޔާވަހި ހައުސިންގެ ޢަމަލީ މަސައްކަތް ފަށާފައިވުމާއެކު މިއަހަރުގެ ތެރޭގައި އެތަނުން އެޕާރޓްމަންޓް ލިބޭނެ ފަރާތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

"ހިޔާވަހި ހައުސިންގ ޔުނިޓަކީ 14 ބުރީގެ 3 ޓަވަރުގެ މައްޗަށް އެކުލެވޭ އެޕާރޓްމެންޓް ކޮމްޕްލެކްސްއެކެވެ. މީގެތެރޭގައި 1 ކޮޓަރިން ފެށިގެން 4 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭކަމަށް އެޗްޑީސީއިން ބުނެއެވެ.

ހިޔާވަހި ހައުސިންގ އިން އެޕާރޓްމެންޓްތައް ވިއްކުމުގައި ބޮޑަށް ބަލަނީ، ބޭންކްތައް މެދުވެރިކޮށް، އިންޑް-ޔޫޒަރ ފައިނޭސިންގ އުޞޫލަށް އެޗްޑީސީން ބުނެއެވެ. އަދި މި އެޕާރޓްމެންޓްތައް ގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާދޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 647 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކުރެއެވެ.