 
					
									
			ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާ، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
 
ސަޓާ އެވޯޑަކީ މި ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ރާއްޖެއާއި ސްރީލަންކާގައި އޮޕަރޭޓްކުރާ ހައިރައިސް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށް މެނޭޖްކުރާ އެވޯޑު ޝޯއެކެވެ. މިދިޔަ އަހަރު މި އެވޯޑު ޝޯ ބާއްވާފައިވަނީ ސްރީލަންކާގައެވެ.
 
މިއަހަރުގެ އޮކްޓޫބަރމަހުގެތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑަށް 36 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.
 
ސަޓާ އެވޯޑަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެކެވެ.
 
މިދިޔަ އަހަރުގެ އެވޯޑަށް ދުއިސައްތަ ފަސްދޮޅަސް ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް ހައިރައިސުން ބުނެއެވެ.