މުނިފޫހިފިލުވުން

ގަދަ 6 ބައިވެރިން ހޮވުމަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ހަ ބައިވެރިން ހޮވުމަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އައިޑަލްގެ މިރޭގެ ޝޯވގައި އަށް ބައިވެރިން ވަނީ އެ ބައިވެރިންގެ މައިންބަފައިން ނުވަތަ އެންމެ ގާތްމީހަކަށް އެންމެ ކަމުދާ ރީތި ލަވަ ހުށަހަޅައިދީފައެވެ.

މިރޭ ޝޯވްގެ ތީމަކީ ޕޭރަންޓް ސްޕެޝަލްއެވެ. އައިޑަލްގެ ޝޯވ ތަކުގެ އެހެން ހަފްތާތަކާއި ޚިލާފަށް މާދަމާރޭ އޮންނަ މިހަފްތާގެ އެލިމިނޭޝަން ޝޯވގައި ދެބައިވެރިން އައިޑަލް ޝޯވ އާއި ވަކިވެގެންދާނެއެވެ. މިރޭގެ ޝޯވްއަކީ ވާދަވެރިކަން ބޮޑު ތަފާތު ރީތި ލަވަތަކެއް ބައިވެރިން ހުށަހަޅައިދިން ޝޯވ އެކެވެ.

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑްގެ ޝޯވްތަކާއެކު، ޝޯވްގެ ފޯރިއާއި ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. އައިޑަލްގެ ބައިވެރިންނަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް އޮންނާނެއެވެ. ވޯޓުލުމަށް އެސްއެމްއެސް ކުރާނީ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަށެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.