ތަރައްްޤީ

މިއީ ލޯތްބަކީ މިރޭ އޮލިމްޕަހުގައި ދައްކަން ފަށާނެ!


ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ފިލްމް މިއީ ލޯތްބަކީ މިރޭ އޮލިމްޕަހުގައި ދައްކަން ފަށާނެއެވެ.

މިހާތަނަށް އާންމުންނާ ހަމަޔަށް ކާމިޔާބު ރީތި ފިލްމްތަކެއް ގެނެސްދީފައިވާ ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ފިލްމް މިއީ ލޯތްބަކީއަކީ އައިޝަތު ފުވާދާއި ޢަލީ ޝިފާއުގެ ވާހަކައެކެވެ.

މި ފިލްމްގެ ޕްރޮޑިއުސަރަކީ މުޙައްމަދު ޢަލީއާއި އައިޝަތު ފުވާދެވެ. ފިލްމްގެ ޑައިރެކްޓަރަކީ ޢަލީ ޝިފާއުއެވެ. މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމްގެ މަންޒަރުތައް އާންމުންނާހަމައަށް ގެނައުމުގައި ދިވެހިންނަށް ކަމުދާކަހަލަ މަންޒަރުތަކާއި ރަހަތައް ހިމެނުމަށް ބޮޑު އިސްކަމެއްދީފައިވާކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ، މޮގާ ވަނީ ބުނެފައެވެ

ފިލްމުގެ ޓްރެއިލަރއަށް ބަލާލާއިރު ލޯބީގެ މަންޒަރުތަކާއި ހެއްވާ މަޖާ ގިނަ މަންޒަރުތަކެއް ފެނިގެންދެއެވެ. ފިލްމް މިރޭ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރިމިއަރ ނައިޓްގެ ޝޯގެ އިތުރުން ތިންވަނަ ޝޯވއާ ހަމައަށް ޓިކެޓް ފުލް ވެފައިވާކަމަށް ޑާކްރެއިން އެންޓަރޓައިންމަންޓުން ބުނެއެވެ. މި ފިލްމްގެ ޓިކެޓް ވިއްކަމުންދަނީ 100 ރުފިޔާއަށެވެ.

ފިލްމްގެ އިސްރޯލުތަކުން ފެނިގެންދާނީ މުޙައްމަދު ޖުމައިލްއާއި މަރިޔަމް އައްޒައެވެ. މީގެ އިތުރުންވެސް މަޝްހޫރު ގިނަ ތަރިންތަކަކާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ 4 ތަރިން ފިލްމުން ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ. މި ފިލްމަކީ ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ނުވަނަ ފިލްމެވެ.