އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުން އިސްނަގައިގެން މިޑްނައިޓް ރަން އެއް ބާއްވައިފިއެވެ.
މާލެ ވަށާ ބުރެއްޖެހި މި ދުވުން ފަށާފައިވަނީ، ސޯޝަލް ސެންޓަރ ކުރިމަތިންނެވެ. އޯޓިޒަމް އެސޯސިއޭޝަން ބުނީ މިޑް ނައިޓް ރަން ޚާއްސަކުރީ ޒުވާނުންނަށާއި ފިޓްނެސްއަށް ލޯބިކުރާ ފަރާތްތަކަށްކަމަށެވެ. މި ދުވުން ފަށްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތް އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އޯޓިޒަމް ހުންނަ ފަރާތްތަކަށް އެހީތެރިކަމާއި އަޅާލުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގައި ތިބި އޯޓީޒަމް ކުދިންނަށް ޚިދުމަތް ދިނުމުގައި އޯޓިޒަމް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ އެސޯސިއޭޝަން ޝުކުރު އަދާކުރައްވާފައެވެ.
ރޭ ބޭއްވި މިޑް ނައިޓް ރަންގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަބަލުން އިލްހާމް ހުސެއިން ބައިވެރިވެޑައިގެންފައިވެއެވެ. މީގެއިތުރުން އޯޓިޒަމް އެސޯސިއޭޝަންގެ މެމްބަރުންނާއި ބައިކް މޯލްޑިވްސް އާއި ގިނަ އަދަދެއްގެ އާއްމުންވެސް މިދުވުމުގައި ބައިވެރިވެފައިވެއެވެ.
މި އަހަރުގެ އޮޓޯޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި މިޑްނައިޓް ރަން ފެށުމުގެ ގޮތުން މިޑްނައިޓް ރަންގެ ރަނިކަނބާވެސް ހޮވާފައިވެއެވެ. މިއަހަރުގެ ރަނިކަނބާއަކަށް ހޮވުނީ މަޝްހޫރު އަންހެން އެތްލީޓް އައިޝަތް ނާޒިމާއެވެ.
މިއަހަރުގެ އޯޓިޒަމް ދުވަހުގެ ޝިޢާރަކީ، "އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކޮށްގެން ކަންކަމާ ކުރިމަތިލުން"މިއެވެ.