ސިޔާސީ

މެމްބަރ އަމީތު ޕީޕީއެމް އިން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، މުޙައްމަދު އަމީތު އަޙްމަދު މަނިކު ޕީޕީއެމްއިން ވަކިކޮށްފިއެވެ.

އަމީތު ޕީޕީއެމްއިން ވަކިކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެޕާޓީގެ ސްލޫކީ ކޮމެޓީއަށް ހުށައެޅުނު މައްސަލަ ބެލުމަށްފަހު އެ ކޮމެޓީގެ 5 މެމްބަރުންގެ އިއްތިފާގުންނެވެ.

އަމީތު ޕީޕީއެމްއިން ވަކިކުރުމަށް ޕީޕީއެމް ޕީޖީ ގްރޫޕުން ސްލޫކީ ކޮމެޓީއަށް އެމައްސަލަ ފޮނުވާފައިވަނީ އިއްޔެއެވެ.

އަމީތުއާ ދެކޮޅަށް ހުށައެޅުނު މައްސަލަ ބެލުމަށްފަހު ޕީޕީއެމްގެ ސްލޫކީ ކޮމެޓީއަށް 4 ކަމެއް ފާހަގަ ކުރެވުނުކަމަށް ޕީޕީއެމްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.