މި ސަރަޙައްދުން އެންމެ ރަނގަޅު ތަޢުލީމީ ނިޒާމާއި ސިއްޙީ ނިޒާމް ޤާއިމުކުރެއްވިފައިވާ އެއް ޤައުމަކީ ދިވެހި ރާއްޖެކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ސައިދް ޚައްވާރް ޢަލީ ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޕާކިސްތާނުގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ޕާކިސްތާނުގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސައިދް ޚައްވާރް ޢަލީ ވިދާޅުވީ، ރާއްޖެއަކީ އެހެން އިސްލާމީ ޤައުމުތަކުން ނަމޫނާއަކަށް ބަލަންޖެހޭ ޤައުމެއް ކަމަށެވެ. މިގޮތުން ދިވެހިންގެ ތެރޭގައި އޮންނަ ބަދަހި ގުޅުމާއި އިސްލާމް ދީނުގެ ރިވެތި އަދާތަކާއި ސަގާފަތް ދިރުވުމަށް ދިވެހިން ކުރާ މަސައްކަތްތަކަށް ސަފީރު ތައުރީފު ކުރެއްވިއެވެ.
ރާއްޖެއަކީ މި ސަރަހައްދުން ހަލުވި ކަމާއިއެކު ތަރައްޤީވަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ޕާކިސްތާނު ސަފީރު ސައިދް ޚައްވާރް ޢަލީ ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނު ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. އަދި މީހާރުވެސް ޕާކިސްތާނުގެ ބައެއް ވިޔަފާރިވެރިން ރާއްޖޭގައި އިންވްސްޓްކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. img:http://s1.psmnews.mv/images/660x400/14903334178322.jpg|ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް - ފޮޓޯ: ޕީއެސްއެމް
ސަފީރު ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމާއި ސިއްޙީ ނިޒާމްގެ މަށްޗައް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. ޕާކިސްތާނުގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ފޯރ ޔޫތް އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، ޕާކިސްތާނާއި ދިވެހި ރާއްޖެއަކީ ދުވަސްވީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށެވެ. ޕާކިސްތާނަކީ ދިވެހިރާއްޖޭގެ ތަޢުލީމާއި ސިއްޙީ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް އެހީތެރިކަން ދެއްވާ ޤައުމެއްކަން މިނިސްޓަރގެ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޕާކިސްތާނަކީ ސަރަޙައްދުގެ ކުރިއެރުމަށް، ހާއްސަކޮށް ސާކްގެ ކުރި އެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދެޤައުމުކަންވެސް މިނިސްޓަރ އިރުތިޝާމް ފާހަގަކުރެއްވިއެވެ. img:http://s1.psmnews.mv/images/660x400/14903334899153.jpg|ދިވެހި މިއުޒިކީ ފަންނާނުން އުރުދޫ ބަހުން ލަވަކިޔަނީ - ފޮޓޯ: ޕީއެސްއެމް
މި ޙަފްލާގައި ދިވެހިރާއްޖެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކޮށް ރަން ވަނަތަކެއް ހޯދާފައިވާ ތަރިން ވަނީ އުރުދޫ ބަހުން ލަވަކިޔާފައެވެ.