ތަޢުލީމު

ދިއްފުށީ ސްކޫލް ކްލާސްރޫމްތަކުގެ މަސައްކަތް މިޖުލައިމަހަށް ނިމޭނެ


ކ. ދިއްފުށީގައި ސަރުކާރުން ޢިމާރާތް ކުރައްވަމުންގެންދަވާ ހަ ކުލާސްރޫމްގެ މަސައްކަތް މިއަހަރުގެ ޖުލައިމަހަށް ނިމޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދިއްފުށީ ސްކޫލަކީ ދެ ބުރިއަށް ޢިމާރާތްކުރާ ސްކޫލެކެވެ. މި ސްކޫލްގައި 6 ކުލާސް ރޫމް ހުރެއެވެ. ދިއްފުށީ ސްކޫލްގައި އަލަށް އިމާރާތްކުރައްވާ 6 ކުލާސްރޫމްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އެސުކޫލްގައި މިހާރު ކުރަމުން ގެންދަނީ ފިނިޝިންގ މަސައްކަތްކަމަށް ދިއްފުށީ ސްކޫލުން ވިދާޅުވެއެވެ. ދިއްފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައި މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި، ސަރުކާރުން އެ ސްކޫލްގައި އަލަށް އިމާރާތް ކުރައްވާފައިވާ 6 ކުލާސްރޫމްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މިދިޔަ އަހަރު، އެސް.ޖޭ ކޮންސްޓްރަކްޝަނާއެވެ. އެ ޕްރޮޖެކްޓަށް ގާތްގަޑަކަށް 6 މިލިޔަނަށްވުރެ ގިނަރުފިޔާ ޚަރަދު ވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ކުރައްވާފައިވާ ބޮޑެތި މަރާމާތުތަކަށާއި، އަލަށް ހުއްދަދެވުނު މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން އަޕްގްރޭޑިންގގެ މަސައްކަތްތަކަށް ގާތްގަނޑަކަށް އަށްޑިހަ އެއް (81.1) މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.