ޚަބަރު

ޑިފެންސް މިނިސްޓަރ، ސޫދާނު ސަފީރާ ބައްދަލުކުރައްވައިފި


ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ސިރާޖުއްދީން ޙާމިދު ޔޫސިފް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި އަސްކަރީ ދާއިރާއިން ސިފައިން ތަމްރީނު ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސޫދާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސިފައިންނަށް ތަމްރީން ފުރުޞަތުތަކާއި ސްކޮލަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.