ތަރައްްޤީ

އައްޑޫ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކޮށް ނިމިއްޖެ


އައްޑޫސިޓީގެ މަގުތަކުގައި ޒަމާނީ ފެންވަރުގެ ސްޕީޑް ބްރޭކަރުތައް ހަރުކޮށް ނިންމާލައިފިއެވެ. 

އައްޑޫސިޓީގެ ލިންކުރޯޑާއި ތާރު އެޅި މަގުތަކުގައި ޖުމްލަ ސާޅީސް ބްރޭކަރު ހަރުކޮށްފައިވެއެވެ. އައްޑޫސިޓީގެ ލިންކު ރޯޑާއި ތާރު އެޅި މަގުތަކަކީ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ ސަރަޙައްދުތަކެކެވެ. މަގުމަތީގެ އެކްސިޑެންޓްތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އައްޑޫސިޓީގައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވަނީވެސް މި ސިޓީގެ ތާރުއެޅިމަގުތަކުގައެވެ. އައްޑޫ ލިންކްގެ ރޯޑްގައި ހިނގި ނުރާއްކާތެރި އެކްސިޑެންޓްތަކުގައި މިއަހަރުގެ މިހާތަނަށް 2 މީހުން މަރުވެފައިވެއެވެ. ފާއިތުވި 5 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 50 އެކްސިޑެންޓް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިނގާކަމަށް ތަފާސް ހިސާބުތަކުންދައްކައެވެ. 

img:http://s1.psmnews.mv/images/660x400/14900790972584.jpg|

މިސިޓީގައި ހިނގަމުންދާ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުންނާއި ހައުސިންގ މިނިސްޓްރީއާއި ކަމާގުޅުންހުރި މުއައްސަސާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ލިންކު ރޯޑުގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކަމަކަށް ހައްދަވާފައިވެއެވެ. އަދި ތާރު މަގުތަކުގައި ކުރިން ހުރި ސްޕީޑް ބްރޭކަރުތައް ނަންގަވާ ޒަމާނީ ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިންގ މިނިސްޓްރީން ވަނީ އެމްއާރުޑީސީއާއި ހަވާލުކުރައްވާފައެވެ. ޖުމްލަ 40 ސްޕީޑް ބްރޭކަރ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ހަރުކޮށް މިހާރުވަނީ ނިންމަވާލައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14900791413034.jpg|

ސްޕީޑް ބްރޭކަރ ހަރުކޮށްފައިވަނީ، މިސިޓީގައި އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ ސަރަޙައްދުތަކާއި، އާންމުން އެންމެ ގިނައިން ބޭނުންކުރާ ސަރަޙައްދުތަކުގައެވެ.