ތަރައްްޤީ

އޭދަފުށި މަގު ހެދުމުގެ މަޝްރޫޢު ޖޫން މަހު ނިމޭނެ- އެމްއާރުޑީސީ


ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢު މި އަހަރުގެ ޖޫން މަހު ނިމޭނެ ކަމަށް އެ މަޝްރޫޢު ހިންގަމުން އަންނަ ކުންފުނި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެނޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މިހާރު މިމަޝްރޫޢުގައި ކުރިއަށްދަނީ، ޕޭވްމެންޓް ހެދުމާއި ހޮޅިވަޅުލުމުގެ މަސައްކަތެވެ. އޭދަފުށީގެ މަގުތައް ހަދަނީ، ތާރުއަޅައިގެންނެވެ. އޭދަފުށީގެ 15 މަގެއް ތާރު އަޅައިގެން ހެދުމަށް ނިންމާފައިވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމަށް ގާތްގަނޑަކަށް 15 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރަމުންދެއެވެ. އަދި މި މަޝްރޫޢުތަކުގެ ތެރެއިން ބޮޑު ބައެއް މި އަހަރު ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.