ތަރައްްޤީ

ބިޒްނަސް ޕްލޭނާއެކު މުހިއްމު ލަނޑުދަޑިތަކެއް ކަނޑައެޅޭނެ- ފެނަކަ


ފެނަކަ ކޯޕަރޭޝަންގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ބިޒްނަސް ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ފާރމަކާއި ޙަވާލުކޮށްފިއެވެ.

މިމަސައްކަތް ފެނަކައިން ޙަވާލުކޮށްފައިވަނީ އިންޑިއާގެ، ޑިލޮއިޓް ޓަޗޭ ޓްހްމަޓްސޫއާއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ޝަރީފް ވިދާޅުވީ، މިއެއްބަސްވުމުގެ  މައިގަނޑު ބޭނުމަކީ، ކުންފުނީގެ ކުރިމަގު ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅައި، ކުންފުނީގެ މިސްރާބު އަންގައިދޭނެ ޚާއްސަ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.

އަހްމަދު ޝަރީފް ވިދާޅުވީ، މިފަދަ ޕްލޭނެއްގެ ދަށުން މަސައްކަތްކުރާނަމަ އެކުންފުޏަކީވެސް ދައުލަތަށް ފައިދާ ކުރާ ކުންފުންޏަކަށް ވެގެންދާނެކަމަށާއި އަދި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް މުހިއްމު ލަނޑުދަޑިތަކެއް މިޕްލޭންގައި ކަނޑައެޅޭނެކަން ފާހަގަކުރެއްވިއެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މިމަސައްކަތުގެ އަގަކީ، 53 ހާސް ޑޮލަރުކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.