ޚަބަރު

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރައްވައިފި


ޓެރަރިޒަމާއި ހިޔާނާތުގެ ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކުރައްވައިފިއެވެ.

ފުލުހުން ބަލަހައްޓަވަމުން ގެންދަވާ ދޫނިދޫގެ ޖަލަށް އަދީބު ބަދަލުކުރެއްވިކަން ފުލުހުން ކަށަވަރުކޮށްދެއްވައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ރައީސް ޔާމީން އަވާހާރަކޮށްލެވުމަށް ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލި މައްސަލައާއި ފިސްތޯލައެއް ގެންގުޅުއްވި މައްސަލައާއި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ އަހުމަދު އަދީބު ގެންދަވަނީ ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މީގެ އިތުރުން ކޮރަޕްޝަންގެ އިތުރު ދެ މައްސަލައެއްގައިވެސް އަދީބުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދައުވާގެ ޝަރީއަތްތަށްވެސް ވަނީ ފަށްޓަވާފައެވެ.