ޚަބަރު

ބައިނަލްއަޤްވާމީ ޞުލްޙައިގެ މަރުކަޒެއް މެލޭޝިއާގައި ޤާއިމުކުރަނީ


ބައިނަލްއަޤްވާމީ ޞުލްޙައިގެ މަރުކަޒެއް މެލޭޝިއާގައި ޤާއިމުކުރެއްވުމަށް ސަޢޫދީ ޢަރަބިއާއިން ނިންމަވައިފިއެވެ. ސަޢޫދީ ރަސްގެފާނެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ޞުލްޙައިގެ މަރުކަޒެއް މެލޭޝިއާގައި ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.

މި ސެންޓަރުގެ ނަމަކަށް ކަނޑައަޅާފައިވަނީ "ކިންގ ސަލްމާން ސެންޓަރ ފޮރ ގްލޯބަލް ޕީސް"އެވެ. މި ސެންޓަރުގެ މަޤްޞަދަކީ ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލައި، ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ނައްތާލުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެންޓަރު ހިންގެވުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ޢަރަބިއާގެ މިނިސްޓްރީއާއި، މެލޭޝިއާގެ ޑިފެންސް މިނިސްޓްރީ އަދި މެލޭޝީއާގެ ޔުނިވާސިޓީއޮތް އިސްލާމިކް ސްޓަޑީޒް ގުޅިގެންނެވެ. މި ސެންޓަރު ޤާއިމުކޮށް، ސެންޓަރުގެ މަސައްކަތައް 90 ދުވަހުގެ ތެރޭގައި ފެށުމަށް ދެޤައުމުން ވަނީ އެއްބަސްވެފައެވެ.