ޚަބަރު

ޤައުމީ ރޫޙް އާލާކުރުމުގެ މަޝްރޫޢު ފެށުން ފަސްކުރައްވައިފި


ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢު ފެށްޓެވުމަށް މިރޭ ބޭއްވެވުމަށް ހަމަޖެއްސެވި ޖަލްސާ، މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ވިދާޅުވީ މޫސުން ތަންދިންހާ އަވަހަށް މިރަސްމިއްޔާތު ބޭއްވެވުމަށް މަސައްކަތްކުރައްވާކަމަށާއި އަދި ރަސްމިއްޔާތު ބާއްވަވާނެ ތާރީޚް ކަނޑައެޅުއްވުނުހާ އަވަހަކަށް އެކަން އިޢުލާންކުރައްވާނެކަމަށެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢެއް ފަށްޓަވަން ހަމަޖެސްވިކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިޢުލާންކުރެއްވީ ހުސްވި ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ.