ޚަބަރު

ސަޢޫދީ ރަސްގެފާނަށް އައި.އައި.ޔޫ.އެމްގެ އެންމެ މަތީ ލަޤަބު


މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ދެއްވާ ޙާއްޞަ އޮނަރަރީ ޑޮކްޓަރޭޓް އެވޯޑް ސަޢުދީ ރަސްގެފާނު، ސަލްމާން ބިން ޢަބުދުލްޢަޒީޒް އާލް ސަޢޫދަށް އަރުވައިފިއެވެ.

މި އެވޯޑް ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން ޢަބުދުލްޢަޒީޒް އަލް ސަޢޫދަށް އަރުވާފައިވަނީ ރަސްގެފާނު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީން ބޭއްވެވި އައިއައިޔޫއެމް ސްޕެޝަލް ކޮންވެކޭޝަން 2017 ރަސްމިއްޔާތުގައެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ސަޢުދީ ރަސްގެފާނު، ސަލްމާން ބިން ޢަބުދުލްޢަޒީޒް އަލް ސަޢުދަށް އޮނަރަރީ ޑޮކްޓަރޭޓް އެވޯޑް ދެއްވަވާފައިވަނީ، އިންސާނިއްޔަތަށް ކުރައްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ސަޢުދީ ރަސްގެފާނު، ސަލްމާން ބިން ޢަބުދުލްޢަޒީޒް އަލް ސަޢުދަށް މީގެ ކުރިންވެސް ދުނިޔޭގެ އެތައް ޔުނިވަރސިޓީތަކަކުން އޮނަރަރީ ޑޮކްޓަރޭޓް އެވޯޑް އަރުވާފައިވެއެވެ. މީގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކާއި، އޭޝިއާ، ޔޫރަޕްގެ ޤައުމުތައް ހިމެނެއެވެ.