ޚަބަރު

ކުރިއަށް އޮތް 2 ދުވަހުވެސް ވިއްސާރަކުރާނެ - މެޓް އޮފީސް


ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. 

އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެއޮފީހުން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ. 

އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، ވިލާގަނޑުގައި ގަޑިއަކު ގާތްގަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. 

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެކަމަށާ، އެހެންހިސާބުތަކުގައި އާދައިގެވެރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެކަމަށްވެސް އެއޮފީހުން ލަފާކުރައްވައެވެ.