ޚަބަރު

އެމްޕީއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި


އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖުނެއިދު ވިދާޅުވީ، އިސްތިއުފާ ދެއްވީ އެމަޤާމުގައި ހުންނަވައިގެން އޭނާ އެމްޕީއަށް ގެންނަވަން ބޭނުންފުޅުވި ބަދަލުތަކާއި، ކުރިއެރުންތައް ގެނެވިފައިވާތީއާއި، މިވަގުތު ޢާއިލާއާއި އަމިއްލަ ވިޔަފާރި އަށް ވަގުތު ދެއްވަން ބޭނުންވާތީ ކަމަށެވެ.

އެނެމްފުރަތަމަ އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް ޖުނައިދު ޢައްޔަންކުރެއްވީ 2015 ވަނައަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭގަފަހުން އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަޤާމުން ވަކިކުރައްވައި އެމަގާމަށް ޖުނައިދު ހަމަޖައްސަވާފައެވެ.

އޭގެފަހުން އަނެއްކާވެސް 2016 ވަނަ އަހަރުގެ އެޕްރީލްމަހު އެމްޕީއެލްގެ ސީއީއޯ ގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުނައިދު ޢައްޔަންކުރައްވާފައެވެ.