ތަރައްްޤީ

އައްޑޫ ސިޓީ ފްލެޓްތަކުގައި މޭ މަހުގެ ނިޔަލަށް މީހުން ދިރިއުޅޭނެ


އައްޑޫ ސިޓީގައި ތަރައްޤީ ކުރެއްވި 312 ހައުސިން ޔުނިޓްގެ މަސައްކަތް ނިމި މޭ މަހުގެ ނިޔަލަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ސަރުކާރުން ހިންގަވާ ހައުސިންގ މަޝްރޫޢު ނިމި އިތުރު މަޝްރޫޢެއް ފެށްޓެވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އައްޑޫސިޓީ ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް ތަރައްޤީކުރައްވާ މިވަނީ ނިންމަވާފައެވެ. img:http://s1.psmnews.mv/images/660x400/14881076186904.jpg|އައްޑޫ ސިޓީގައި އިމާރާތް ކުރައްވާ ފްލެޓްތަކުން ފްލެޓެއް - ފޮޓޯ: ޕީއެސްއެމް

އައްޑޫސިޓީ ހިތަދޫގައި ޢިމާރާތް ކުރެއްވި ފްލެޓްތަކުން 150 ފްލެޓްއަކީ ހިތަދޫ ރައްޔިތުންނަށް ޚާއްޞަކޮށް ތަރައްޤީ ކުރައްވާފައި ފްލެޓްތަކެކެވެ. އަދި މަރަދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ޚާއްޞަކޮށް 30 ފްލެޓް ވަނީ ތަރައްޤީކުރައްވާފައެވެ. ފޭދޫ ރައްޔިތުންނަށް ޚާއްޞަ ކުރައްވާފައި ވަނީ 50 ފްލެޓެވެ. ބާކީ 34 ފްލެޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖައްސަވާފައިވާ ފްލެޓްތަކެކެވެ. މި މަޝްރޫޢުގެ ދަށުން މިސިޓީގެ 1،200 އެއްހާ މީހުންނަށް ފްލެޓް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ. img:http://s2.psmnews.mv/images/660x400/14881076352535.jpg|އައްޑޫ ސިޓީގައި އިމާރާތް ކުރައްވާ ފްލެޓްތަކުން ފްލެޓެއް - ފޮޓޯ: ޕީއެސްއެމް

ފްލެޓްތަކަށް އެދުނު މީހުންގެ ފޯމްތަކުގެ އިވެލިއުއޭޝަން ހެއްދެވިއިރު އިތުރަށް ދިރާސަކުރަންޖެހޭ ކަންކަން ހުރި ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ނިންމާ ފައިނަލް ލިސްޓް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އައްޑޫސިޓީ ހުޅުމީދޫއާއި ހިތަދޫގައި ޢިމާރާތްކުރެއްވި 312 ފްލެޓްތަކުގައި މޭމަހުގެ ތެރޭގައި މީހުން ދިރިއުޅޭވަރުވާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ. img:http://s3.psmnews.mv/images/660x400/14881076680541.jpg|އައްޑޫ ސިޓީގައި އިމާރާތް ކުރައްވާ ފްލެޓްތަކުން ފްލެޓެއް - ފޮޓޯ: ޕީއެސްއެމް

ފޭދޫ ހިއްކި ސަރަޙައްދުގައި 100 ހައުސިންގ ޔުނިޓް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރުތެރޭގައި ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ފޭދޫގައި ސަތޭކަ ހައުސިންގ ޔުނިޓް ޢިމާރާތް ކުރެއްވުމަށް، މިއަހަރުގެ ބަޖެޓްގައި ވަނީ ކަނޑައަޅުއްވާފައެވެ. img:http://s4.psmnews.mv/images/660x400/14881076523870.jpg|އައްޑޫ ސިޓީގައި އިމާރާތް ކުރައްވާ ފްލެޓްތަކުން ފްލެޓެއް - ފޮޓޯ: ޕީއެސްއެމް