ޚަބަރު

ސަޢޫދީ ރަސްގެފާނު އޭޝިއާއަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި


ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެ ހިމެނޭގޮތުން އޭޝިއާގެ 5 ޤައުމަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. img:http://s1.psmnews.mv/images/660x400/14880980419041.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަދު މެލޭޝިއާއަށް ވަޑައިގަތުން - ސަޢޫދީ ޕްރެސް އެޖެންސީ

ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އޭޝިއާގެ ފަސް ޤައުމަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑިގެންފައިވަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއަށެވެ. އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގަތުމުން އެޤައުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ސަޢޫދީ ރަސްގެފާނު އޭޝީއާގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށެވެ. ރަސްގެފާނުގެ މިދަތުރުފުޅުގައި ބުނުރާއީ، ޖަޕާން އަދި ޗައިނާއަށްވެސް ވަޑައިގަންނަވާނެއެވެ. img:http://s4.psmnews.mv/images/660x400/14880980714538.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަދު މެލޭޝިއާއަށް ވަޑައިގަތުން - ސަޢޫދީ ޕްރެސް އެޖެންސީ

އޭޝިއާގެ ޤައުމުތަކަށް ރަސްގެފާނު ސަލްމާން ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ މާރޗް މަހުގެ ފަހުކޮޅުއެވެ. ސަޢޫދީ ރަސްގެފާނުގެ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކުން ޢާންމުކޮށްފައި ނުވާއިރު، ސަޢޫދީ ރަސްގެފާނު ދަތުރުފުޅު ކުރައްވަމުން ގެންދަވަނީ 1500 އަށްވުރެ ގިނަ އޮފިޝަލުންނާއެކުގައި ކަމަށް ބައިނަލްއަޤްވަމީ ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ސަޢޫދީގެ 10 ވަޒީރުންނާއި، ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ މުޙައްމަދު ބިން ސަލްމާންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ. img:http://s1.psmnews.mv/images/660x400/14880981433972.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަދު މެލޭޝިއާއަށް ވަޑައިގަތުން - ސަޢޫދީ ޕްރެސް އެޖެންސީ

ސަޢޫދީ ރަސްގެފާނުގެ މިދަތުރުފުޅުގައި ދެޤައުމުގެ އެންމެ އިސް ލީޑަރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ.

ސަޢޫދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ރަސްމީ ގިނަ ޢަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ދަތުރުފުޅެއް ކަމަށް ސަޢޫދީ ގެޒެޓުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން ރަސްގެފާނު ދިވެހިރާއްޖެއަށް ކުރައްވާ މިދަތުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައިއޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭރުގެ ފަރާތްތަކަށް ސަރުކާރުން ދައުވަތު ދެއްވަމުން ގެންދަވާއިރު، އެފަދަ ބިޔަ އިންވެސްޓްމެންޓްތަކަށް ބޭނުންވާ ޤާނޫނުތައްވެސް މިހާރު ވަނީ ފާސްކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14880981581268.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިއަދު މެލޭޝިއާއަށް ވަޑައިގަތުން - ސަޢޫދީ ޕްރެސް އެޖެންސީ

އަދި ޚާއްޞަ ގޮތެއްގައި ސަޢޫދީގެ އިންވެސްޓަރަކު ރާއްޖޭގައި ބިޔަ މަޝްރޫއެއް ފެއްޓެވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިފައިވާކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެހެންކަމުން ދުނިޔޭގެ އިސްލާމީ އެންމެ ވަރުގަދަ ލީޑަރ، ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހުރި ހެޔޮފާލަކަށް ވެގެންދާނެއެވެ.