ދުނިޔެ

އޮފީހުގައި އުޅުއްވަނިކޮށް ރަޝިޔާ ސަފީރު އަވަހާރަވެއްޖެ


ރަޝިޔާ އިން އދ.އަށްކަނޑައަޅާފައި ހުންނަވާ ސަފީރު ވިޓަލީ ޗޫރކިން އދ.އޮފީހުގައި މަސައްކަތުގައިއުޅުއްވަނިކޮށް ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ. 

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި  ރޭއޭނާއަވަހާރަވީއިރު، މިއަދަކީ އޭނާގެ 65 ވަނަ އުފަން ދުވަސްވެސް މެއެވެ. ސަފީރުއަވަހާރަވީ ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމައެއްނުކުރެއެވެ. އެހެންނަމަވެސްއޭނާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ޚަބަރުފަތުރާ ވަޞީލަތްތަކުންބުނެއެވެ. 

ވިޓަލީ ޗޫރކިން އަކީ 2006ވަނަ އަހަރުން ފެށިގެން ރަޝިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެމަގާމު އަދާކުރައްވަމުންދާ ބޭފުޅާއެވެ. މީގެކުރިން އޭނާ ވަނީ ރަޝިއާއިން ކެނެޑާ އާއިބެލްޖިއަމްއަށް ކަނޑައެޅި ސަފީރުކަން ވެސް ކުރައްވައިފައެވެ.

1952 ވަނަ އަހަރުގެފެބްރުއަރީމަހުގެ 21 ވަނަދުވަހު އުފަންވެވަޑައިގަތް ވިޓަލީ ޗޫރކިން އަކީ ރަޝިއާގެ ޚާރިޖީ ދާއިރާގައި ދިގުމުއްދަތެއްވަންދެން މަސައްކަތް ކުރައްވާފައިވާ ޢިއްޒަތްތެރިއެކެވެ. 

އޭނާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުން ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވަނީ އެކަމާ ވަރަށްބޮޑަށް ހިތާމަފާޅު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އެޤައުމުގެ އެކިއެކި އިސްވެރިންނާއި އދ.ގެ އިސްބޭފުޅުންވެސް ވަނީ މިކަމާ ހިތާމަ ފާޅުކުރައްވައި ހަމްދަރުދީގެ ޝުޢޫރުތައް ފާޅުކުރައްވާފައެވެ.