ޚަބަރު

ރައީސްގެ އިޤްތިޞާދީ ސިޔާސަތުން ޤައުމު ކުރިއަށްދާނެ- ޗަންޕާ އަފީފް


ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖެ ވަރަށް ކުރިއަށްދާނެކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިއެއްކަމަށްވާ ޗަންޕާ ޙުސެން އަފީފް ވިދާޅުވެއްޖެއެވެ. 

އަލިފުޅުތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިޒޯޓް އެންޑް ސްޕާއިން ކ.ދިއްފުށީގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދިއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙުސެއިން އަފީފު ވިދާޅުވީ، ދިއްފުށީގެ ފެނާއި ނަރުދަމާ ޤާއިމްކުރެއްވުމަށް ސަރުކާރުން ފަހިކޮށްދެންޖެހޭ ހުރިހާކަމަށް ވަރަށް ފަސޭހައިން ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް މި ސަރުކާރުންދެއްވާ އެއްބާރުލުން ފާހަގަކޮށް ރައީސް ޔާމީނަށް ޝުކުރު އަދާކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިރަށަށް މިއަންނަ ކަންތައްތަކަށް އަޅުގަނޑުމެންވެސް މި ތިބީ ފަހަތުގައޭ ކުރިއަށްދާން. އަޅުގަނޑަށް ޔަޤީން ސަރުކާރުންވެސް ތިބޭފުޅުންނާއެކު ކުރިއަށްދާން ފަހަތުގައި ތިބޭނީ. ރައީސް ޔާމީންގެ އިކޮނޮމިކް ޕްލިސީސްއާއި އެކީގައި އަޅުގަނޑަށް ހަމަ ޔަޤީން މިރަށާއި މިރާއްޖެވެސް ހަމަ ކުރިއަށްދާނެކަން" ހުސެއިން އަފީފް ވިދާޅުވިއެވެ.